navLogo

ނިމުނު އަހަރު މަސްވެރިންނަށް 927 މިލިޔަން ރުފިޔާ

ނިމުނު އަހަރު މަސްވެރިންނަށް 927 މިލިޔަން ރުފިޔާ
ޕޮޓޯ: ޝޯސަލް މީޑިޔާ
މަރިޔަމް

މިދިޔަ 2025 ވަނަ އަހަރު މަސްވެރިންނަށް 927 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެ ކުންފުންޏަށް 58,000 އަށްވުރެ ގިނަ ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 927,867,656 (ނުވަސަތޭކަ ހަތާވީސް މިލިޔަން އަށްލައްކަ ފަސްދޮޅަސް ހަތްހާސް ހަސަތޭކަ ފަންސާސް ހަޔެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރު ދަނީ ފައިސާ ދޫކުރަމުންނެވެ. މިފްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި އައު އުސޫލުގެ ސަބަބުން މަސްވެރިކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ފެބުރުވަރީ މަހުއެވެ. އެ މަހު އެކަނިވެސް 138.9 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކުރިއެވެ.

2025ވަނައަހަރުމަސްވެރިންނަށްފައިސާދޫކުރިތަފްސީލު:

  • - 119.3 މިލިޔަން ރުފިޔާ

  • - ފެބުރުވަރީ: 138.9 މިލިޔަން ރުފިޔާ

  • - މާރިޗު: 87.4 މިލިޔަން ރުފިޔާ

  • - އެޕްރީލް: 101.1 މިލިޔަން ރުފިޔާ

  • - މޭ: 103.5 މިލިޔަން ރުފިޔާ

  • - ޖޫން: 58.2 މިލިޔަން ރުފިޔާ

  • - ޖުލައި: 62.2 މިލިޔަން ރުފިޔާ

  • - އޮގަސްޓު: 46.3 މިލިޔަން ރުފިޔާ

  • - ސެޕްޓެންބަރު: 39.3 މިލިޔަން ރުފިޔާ

  • - އޮކްޓޫބަރު: 31.3 މިލިޔަން ރުފިޔާ

  • - ނޮވެންބަރު: 39.6 މިލިޔަން ރުފިޔާ

  • - ޑިސެންބަރު: 100.7 މިލިޔަން ރުފިޔާ

ނިމިދިޔަ 2025 ވަނަ އަހަރަކީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅި އަހަރެކެވެ. އެގޮތުން، މިފްކޯއިން މަސް ގަންނަ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.

މީގެއިތުރުން، ރާއްޖޭގައި މަސް ރައްކާކުރުމުގެ ޤާބިލުކަން ދެގުނަ ކުރުމާއި، މަސް ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ބާރުގަދަ ދުވެއްޔެއްގައި ކުރަމުންނެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، މިއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަށް ހެދުމެވެ.

Rate this article

Leave a Comment

Comments (0)